ގާނޫނީ ވަކީލުން ޖަލަށް ވަޑައިގެން ވަކީލު ބައްދަލުވުންތައް ބޭއްވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ގާނޫނީ ވަކީލުން ޖަލަށް ވަޑައިގެން ވަކީލު ބައްދަލުވުންތައް ބޭއްވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ. ކަރެކްޝަނަލް ސަރވިސް އިން ބުނީ އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަަމަށެވެ. އެހެން ނަ...

22 Sep 2020 | 11:38

ގާނޫނީ ވަކީލުން ޖަލަށް ވަޑައިގެން ވަކީލު ބައްދަލުވުންތައް ބޭއްވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ.

ކަރެކްޝަނަލް ސަރވިސް އިން ބުނީ އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަަމަށެވެ.

އެހެން ނަމަވެސް މާފުށީ މައި ޖަލާއި ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރާ ނަމަ އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ބައްދަލުވުންތައް މިގޮތަށް ހަމަޖެއްސި ނަމަވެސް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ވެސް އޮންނާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ޖަލަކުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުން ހުއްޓާލާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް