އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނަޝީދު ކަރަންޓީންގައި

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަރަންޓިން ވެއްޖެ އެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަ...

22 Sep 2020 | 07:19

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަރަންޓިން ވެއްޖެ އެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރުކަމުގެ މަސައްކަތް ހަވާލުވަޑައިގެން އެ މަސައްކަތް ރަސްމީކޮށް ފެއްޓެވުމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އަދި މާލެ ވަޑައިގެންނެވުމާއި އެކު ކަރަންޓީން ވެފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކަރަންޓީން ވާންޖެހެނީ 14 ދުވަހަށެވެ.

https://twitter.com/mvpeoplesmajlis/status/1308302822862012417

ރައީސް ނަޝީދު މާލެ ވަޑައިގެން ކަރަންޓީން ވެފައިވާއިރު މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ކަރަންޓީން މުއްދަތު ފުރިހަމަ ނުކޮށް ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނަވާ މައްސަލައިގަ ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ޝާހިދު ރަސްމިއްޔާތުތަކަށް ވަޑައިގެންނަވަނީ ދައުލަތް ޒިންމާވާގޮތަށް ވަކި ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި އާންމު ފަރާތްތަކަށްވެސް ވަކި ހުއްދައެއްގެ ދަށުން ކަރަންޓީން ފުރިހަމަ ނުކޮށް ބޭރަށް ނުކުމެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް