ރާއްޖެ-އިންޑިއާ ފެރީން ގެންނަނީ ދިވެހި ވިޔަފާރިވެރިން ގަންނަ މުދާ: މިނިސްޓަރު ފައްޔާޒް

ރާއްޖެއާއި އިންޑިއާއާއި މެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، އެ ފެރީން ގެންނާނީ ދިވެހި ވިޔަފާރިވެރިން ގަންނަ މުދާ ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒް މިހ...

22 Sep 2020 | 06:52

ރާއްޖެއާއި އިންޑިއާއާއި މެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، އެ ފެރީން ގެންނާނީ ދިވެހި ވިޔަފާރިވެރިން ގަންނަ މުދާ ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރަކަށް ރައްދުދިނުމުގެ ގޮތުން ކޮށްފައިވާ ޓްވީޓެއްގައެވެ.

މިނިސްޓަރު ފައްޔާޒްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މި ފެރީއަކީ ދަތުރުތައް ބަރާބަރަށް ޝެޑިއުލް ކުރެވިފައިވާ ފެރީއެއް ކަމުން މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެ އިންޑިއާ ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު މި ފެރީ ދަތުރު ކުރަނީ ކުޅުދުއްފުށި ސިޓީއާއި އިންޑިއާގެ ކޮޗިންއާއި ދެމެދުގައެވެ.

މި ފެރީގެ ހިދުމަތް އޮޕަރޭޓް ކުރަނީ ޝިޕިން ކޯޕޮރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) އިންނެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުތައް ފެށުމުން އިންޑިއާއިން މުދާ އެތެރެ ކުރާ ވިޔަފާރިވެރިން އިންޑިއާއިން މުދާ އިމްޕޯޓު ކުރުމަށް ލުއިފަސޭހަ ވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

https://twitter.com/faya_i/status/1308116251672158208

ދެ ގައުމުގެ ދެމެދުގައި ކާގޯ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ މެއި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް