ސުޝާންތުގެ ޑްރަގް މައްސަލައިގަ ބައިވެރިވާ ބޮލީވުޑާއި ގުޅުން ހުރި މީހުން އިތުރުވަނީ

އަމިއްލައަށް މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައިގަ ފުލުހަށް ހާޒިރު ކުރަން ޖެހޭ ބޮލީވުޑާއި ގުޅުން ހުރި މީހުންގެ ލިސްޓު އިތުރުވާން ފަށައިފި އެވެ. ...

22 Sep 2020 | 04:16

އަމިއްލައަށް މަރުވި ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައިގަ ފުލުހަށް ހާޒިރު ކުރަން ޖެހޭ ބޮލީވުޑާއި ގުޅުން ހުރި މީހުންގެ ލިސްޓު އިތުރުވާން ފަށައިފި އެވެ.

އެ މައްސަލައިގަ ބަތަލާ އަދި ސުޝާންތުގެ އެންމެ ފަހުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވަނީ ހައްޔަރުކޮށްފައި އެވެ. ރިއާގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ސާރާ އަލީން ހާން އާއި ރަކުލް ޕްރީތް ސިންގް ބައިވެރިވާކަން އެނގިފައިވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ ފުލުހުން ސުވާލު ކުރަން ބޭނުންވާ ބޮލީވުޑްގެ އިތުރު ތަރިންގެ ލިސްޓަށް ޝްރައްދާ ކަޕޫރުގެ ނަން ވަނީ އަރާފައި އެވެ. ޝްރައްދާ ވަނީ ސުޝާންތުގެ ފާމް ހާސްގައި ބޭއްވި ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ސުޝާންތުގެ ބިޒްނަޒް މެނޭޖަރު ޝްރިތީ މޯދީ އާއި އޭނާގެ ޓެލެންޓް މެނޭޖަރު ޖަޔާ ސާހާ ވެސް ސުޝާންތާއި ގުޅޭ މަސްތުވާތަކެތީގެ މައްސަލައިގަ ޝާމިލްވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވަނީ ނޯޓިސް ފޮނުވާފައި އެވެ.

ސުޝާންތުގެ ހައުސް ކީޕިން މެނޭޖަރުވެސް ވަނީ މި މައްސަލައިގަ ހައްޔަރުކޮށްފައި އެވެ. މި އެންމެންނަކީ ސުޝާންތުގެ ފާމް ހައުސްގައި ބޭއްވި ޕާޓީގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުން ކުރި މީހުން ކަމަށް ވެ އެވެ.

ސުޝާންތާއި ގުޅޭގޮތުން އިތުރަށް ހާމަވެފައިވާ ކަންކަމުގެ ތެރޭގައި ރިއާ އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އޭނާ ވަނީ ސާރާ އަލީ ހާން އާއި ލޯބީގެގޮތުން ގުޅިފައި އެވެ. އެ ދެމީހުން ޗުއްޓީއަށް ގައުމުން ބޭރަށް ދިޔަ ކަމަށް ސުޝާންތުގެ އެކުވެރިއަކު މީޑިއާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް