މިއަދު ރާއްޖެއިން އިތުރު96 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން މިރޭ ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ ޕޮސިޓިވްވެފައިވާ މީހުންގެ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 4،113 މީހަކު ރަނގަޅުވެފައިވެ އެވެ.
މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދު މިރޭ ހާމައެއް ނުކުރެ އެވެ. އެކަމަކު ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 160 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ. އޭގެ ތެރެއިން ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ބުނެ އެވެ
އަތޮޅު ތެރޭގެ 21 ރަށެއްގައި އަދި 10 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިބި ކަމަށް ބުނެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 6،660 އަށް އަރާފައި އެވެ. މި ބަލީގައި 26 މީހަކު ރާއްޖެއިން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް