މާލޭ ސިޓީގައި ރޭގަނޑު އެއްގަމު އުޅަނދު ނުދުއްވޭ ވަގުތު އިތުރުކުރަން ނިންމައިފި

މާލޭ ސިޓީގައި ރޭގަނޑު އެއްގަމު އުޅަނދު ނުދުއްވޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މާދަމާ ރެއިން ފެށިގެން 8:00 ން ފަތިހު 5:00 އަށް ...

22 Aug 2020 | 17:12

މާލޭ ސިޓީގައި ރޭގަނޑު އެއްގަމު އުޅަނދު ނުދުއްވޭ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މާދަމާ ރެއިން ފެށިގެން 8:00 ން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. އެކަމަކު ހިނގާފައި އުޅުން މަނާވާނީ ރޭގަނޑު 10:00 ން ފަތިހު 5:00 އަށެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި ދުއްވާ ފަރާތްތަކަށް ދެ ފަހަރު ނަސޭހަތް ދިނުމަށް ފަހު ތިން ވަނަ ފަހަރު ޖޫރިމަނާ އާއި އެކު އެ އުޅަނދެއް ޓޯ ކުުރާނެ ކަމަށެވެ. ފުލުހުން ބުނީ އަނބުރާ އެ ވެހިކަލެއް ދޫކުރާނީ ކޯވިޑާއި ގުޅިގެން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 1،000 ރުފިޔާ ދެއްކުމުން ކަމަށެވެ.

މީގެ އިތުރުން ކާފިއު ހިންގާ ގަޑީ ގައި ބޭރުގައި އުޅުމާއި މާސްކު ނާޅައި އާންމު ތަންތަނުގައި އުޅޭ ނަމަވެސް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އާންމުކޮށް ބޭރަށް ނުކުމެ އުޅޭ ގަޑީގައި އެއް ފަހަރާ އެއްކޮށް އުޅެވޭނީ ފަސް މީހުންނަށް ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑި އިތުރު ކުރަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން މާލޭ ސިޓީގައި ކޯވިޑް ފެތުރުން އިތުރުވުމާއި ގުޅިގެންނެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނި 200 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި ހަތަރު މީހުން މި ބަލީގައި މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް