މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ކަނޑުމަތިން ހާލު ދެރަވި ފަޅުވެރިއަކު ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މީހަކު ނިޔާވެފައިވަނީ ފ. ބިލެއްދުއަށް ނިސްބަތްވާ "ރާސްތާ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެ ދޯނި މިހާރު އޮތީ ކ. ގުރައިދޫ ބަނދަރުގައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން ވިދާޅުވީ އޮޅުވެލި ރިސޯޓް ބޭރުން އެ ދޯނީގެ ފަޅުވެރިއެއްގެ ހާލު ދެރަވެގެން ގުރައިދޫ ބަނދަރަށް އައި ކަމަށާއި ރަށު ސިއްހީ މަރުކަޒުން ބެލި އިރު އެމީހާ ވަނީ ނިޔާވެފައި ކަމަށެވެ.
އަދި ކޯސްޓްގާޑުންވެސް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނިޔާވި މީހާ ބިލެއްދުއަށް ގެންދިއުމަށް އެ ދޯނިން ބޭނުންވާތީ އެކަމުގެ ރިކުއެސްޓް ކޯސްޓްގާޑަށް ކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް