ނައިބު ރައީސް އިސްވެ ހުންނަވައި އެޗްއީއޯސީ ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަވައިފި އެވެ. ...

22 Aug 2020 | 10:29

ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަވައިފި އެވެ.

މި ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު ހެލްތް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެޗްއީއޯސީގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިން ފަހުން ކޭސްތައް އިތުރުވާން ފަށާފައި ވަނިކޮށެވެ. މިހާރު އާންމު ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއެވެ.

https://twitter.com/MoHmv/status/1297085126640197638

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވުމާއެކު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިވަގުތު ހުންނެވީ މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފަ އެވެ. އެ މައްސަލައާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް