ބެއިޖިންގެ އާންމުންގެ ތެރެއިން ކޯވިޑަށް މީހަކު ޕޮސިޓިވް ނުވާތާ ހަ ދުވަސް

ޗައިނާގެ ވެރިރަށް ބެއިޖިން އިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ނުވާތާ ހަ ދުވަސް ވެއްޖެ ކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުނެފި އެވެ. އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ޗައިނާގެ އެކި ސިޓީތަކ...

22 Aug 2020 | 08:02

ޗައިނާގެ ވެރިރަށް ބެއިޖިން އިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ނުވާތާ ހަ ދުވަސް ވެއްޖެ ކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުނެފި އެވެ.

އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ޗައިނާގެ އެކި ސިޓީތަކުގައި ބަލި ކޮންޓްރޯލް ކޮށްފައި ވީނަމަވެސް ދޭތެރެ ދޭތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ އެވެ. އާންމުކޮށް މިހާރު އެ ގައުމުގައި ޕޮސިޓިވް ވަމުން ދަނީ އެހެން ގައުމުތަކުން އެ ގައުމަށް އެތެރެވާ މީހުންނެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ބެއިޖިންއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 22 މީހުންގެ. އެ އެންމެންނަކީ އެހެން ގައުމުތަކުން އެ ގައުމަށް އެތެރެވި މީހުންނަށް ވާއިރު އެއާޕޯޓުން އެމީހުން ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައި އެވެ.

މިދިޔަ 23 ދުވަހުގެ ތެރޭގައި ކޯވިޑަށް އެ ސިޓީން ޕޮސިޓިވްވި މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރީ އެންމެ 34 މީހުންގެ ކަމަށް ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދަކީ ބެއިޖިންގެ ތެރޭގައި ބަލި ފެތުރިގެން މީހަކު ޕޮސިޓިވް ނުވާތާ ހަ ވަނަ ދުވަހެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ.

މިހާތަނަށް ޗައިނާއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ 93،796 މީހުންނެވެ. މި ބަލީގައި އެ ގައުމުން މަރުވެފައިވަނީ 4،709 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް