މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް އައްޔަން ކުރަން ފަސް ނަމެއް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކޮށްފި އެވެ.
މީރާގެ ބޯޑަށް ކުރިމަތި ލެއްވި ބޭފުޅެއްގެ ތެރެއިން އަށް ބޭފުޅެއްގެ ނަން ރައިސް އިބްރާހިމް ސޯލިހު މަޖިލީހަށް ފޮނުއްވި އެވެ. އެ އެންމެންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ތާޅުމުން އެ ކޮމިޓީއަށް ފޮނުވި އެވެ.
އެ ނަންތައް ދިރާސާ ކުރުމަށް ފަހު އިގްތިސޯދީން ކޮމިޓީން ފާސްކޮށްފައިވަނީ ފަސް ނަމަކެވެ. މީރާގެ ބޯޑުން ހުސްވެފައިވަނީ ހަތަރު މަގާމެކެވެ.
މީރާގެ ބޯޑުން ހުސްވެފައިވާ މަގާމުތަކުގައި ތިން ބޭފުޅެއްގެ ދައުރު މި މަހުގެ އަށް ވަނަ ދުވަހަށް ވަނީ ހަމަވެފައި އެވެ. އަނެއް މެމްބަރު ވަނީ ބޯޑުން އިސްތިއުފާދެއްވާފައި އެވެ.
މީރާގެ ބޯޑަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ:
މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ
ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ
ހުޝާމް ވަޙީދު، ގ. މާލެހިޔާ 2 03-15
ޢަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ
ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސްޓްވާޑް
މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސް އައްޔަނުކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް