ކޫއްޑޫގައި މަސްވެރިން އިހުތިޖާޖުގައި، ގޮވަނީ ރައީސް ސޯލިހް އާއި ނަޝީދު އަދި ޒަހާގެ އިސްތިއުފާއަށް

މަސް ކިރާފައި ބިލުތަކަށް ފައިސާ ނުލިބޭތީ ކޫއްޑޫގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ. "ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ މަސް ކ...

22 Aug 2020 | 06:41

މަސް ކިރާފައި ބިލުތަކަށް ފައިސާ ނުލިބޭތީ ކޫއްޑޫގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ މަސް ކިރުވާފައި ލިބެންޖެހޭ ފައިސާ ނުލިބި މަހެއްހާ ދުވަސް ވެފައިވުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި، އިހުތިޖާޖުގައި ބައިވެރިވި މަސްވެރިއަކު ބުނެފައިވަނީ މިހާރުވެސް ފައިސާ ނުލިބި 12 ބިލު އެބަ އޮތް ކަމަށާއި އެއީ މިލިޔަނެއްހާ ރުފިޔާ ކަމަށެވެ.

"ތިން މަސް ކޮށްފަ މަސްވެރިކަމަށް މި ނިކުމެވުނީ، މިހާރު މަހެއްވީ ފައިސާ ނުލިބި، ކާބަފައިންނާ ދަރީންނާ އަނބިން އެތިބީ ނުކައި" އެ މަސްވެރިޔާ ބުނެފައިވެއެވެ.

https://www.facebook.com/karavahthaa/videos/331459081427261/?__xts__%5B0%5D=68.ARC_4zkeCzViLJbeD4sGe4tod0xq3CAFzrYWPxZOzRH59q1ObcaMUdsBMSEb882zBV1wJUcIfs7klEGKOSxUA0izc5G_5DwCh51prgYDMrHTIt7NrSpYtunM8c5cTpI0ru8Krr1m7BxM9laKpNa6Yp_sJ5WjMGIws2kpE9F0jFj3bVXNPrLrBfB3AZSPiL7IawQP3H1PR43FdSuKZooA3gQM60t5doVU-IEkLWbTnQecqS870HzpETGI8n4FLEGigdaNzqnQ96kuUZgzWL1IkqMcvyj-_pWGjta1YYmK902XVab8JsLm3S_GkNEgmHjeyRgFxG-0TFyX-sqqwNOQrO3pilVyyDqVvPM&__tn__=-R

ފައިސާ ނުލިބޭތީ ކޫއްޑޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަމުން އަންނައިރު މިކަމުގައި މިފްކޯ އަދި ފިޝަރީޒް މިނިސްޓްރީން އެެއްޗެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ކޫޢްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މަސްވެރިންނާއި މަޝްވަރާކޮށްގެން މައްސަލަ މައްސަލަ ހައްލު ކުރެވޭތޯ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް