ސަރުކާރަށް ނަޝީދުގެ ރުހުން ބޭނުމެއް ނުވޭ، މަޖިލީހުގަ ރައީސް ސޯލިހުގެ ބާރު އެބައޮތް: ރީކޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ބޭނުން ނުވާކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖ...

22 Aug 2020 | 04:53

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ބޭނުން ނުވާކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ރީކޯ މިހެން ވިދާޅުވެފައި މިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅުއްވަން ނިންމުމުންނެވެ. ޖާބިރު ވިދާޅުވީ މިހާތަނަށް 11 މެމްބަރަކު އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކޮށްފައިވާ ކަމަށެވެ. އިތުބާރ ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެމްބަރުންގެ ސޮޔާއި އެކު އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ޝާހިދުއަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް ކަމަށެވެ.

މިކަމާ ގުޅިގެން ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ ރުހުން މިހާރު ސަރުކާރުގެ ވަޒީރުންނަށް ބޭނުންވާހެން ހީނުވާ ކަމަށެވެ. ރީކޯ ވިދާޅުވީ މަޖިލީހުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތަށް ގޮތެއް ނުނިންމިގެން އުޅެނީ މަޖިލީހުގައި ރައީސް ސޯލިހުގެ ބާރު ގަދަވުމުން ކަމަށެވެ.

https://twitter.com/ReekoMoosa/status/1296991200122007552

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯތުގެ މައްސަލަ މަޖިލީހަށް ވައްދާ ވާހަކަ އަޑު އިވުމަށް ފަހު ފަހުން އެ ކަމުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އެ މައްސަލައިގައި އެމްޑީޕީގެ ވެރިންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދި ގިނަ މެމްބަރުންތަކެއް ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންދާކަން ފާހަގަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް