މެލޭޝިޔާ ޗާޓާޑް ދަތުރާއި ބެހޭގޮތުން ފަތުރަމުން ދަނީ ދޮޮގު މައުލޫމާތު: މޯލްޑިވިއަން

މެލޭޝިއާގައި މަތީ ތައުލީމް ހާސިލް ކުރުމަުންދާ ދަރިވަރުން އެގައުމަށް ގެންދިއުމަށް މޯލްޑިވިއަން އިން ބޭއްވި ޗާޓާޑް ފްލައިޓާއި ގުޅޭގޮތުން ފަތުރަމުން ދަނީ ދޮގު މައުލޫމާތު ތަކެއް ކަމަށް އެ ކުންފުނިން ބުނެފ...

22 Aug 2020 | 04:02

މެލޭޝިއާގައި މަތީ ތައުލީމް ހާސިލް ކުރުމަުންދާ ދަރިވަރުން އެގައުމަށް ގެންދިއުމަށް މޯލްޑިވިއަން އިން ބޭއްވި ޗާޓާޑް ފްލައިޓާއި ގުޅޭގޮތުން ފަތުރަމުން ދަނީ ދޮގު މައުލޫމާތު ތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ފްލައިޓު ޗާޓާ ކޮށްފައިވަނީ އޭސް ޓްރެވަލްސް އިންނެވެ. މި ދަތުރުގައި މެލޭޝިއާގައި ކިޔަވާ 50 ދިވެހި ދަރިވަރުން ގޮސްފައިވެ އެވެ.

މި ދަތުރު ކުރި ފަހުން އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ދަތުރުގެ ކާގޯ ފައިސާ މޯލްޑިވިއަން އިން ދީފައިނުވާ ކަމަށެވެ. ފިރާގު ތުހުމަތު ކުރެއްވި ގޮތުގައި އެ ފައިސާ ވަނީ މޯލްޑިވިއަން އިން ވަގަށް ކާލާފައި އެވެ.

މި ތުހުމަތުތަކާއި ގުޅިގެން މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭސް އާއި އެކު އެ ކުންފުނިން އެއްބަސްވެފައިވާނީ ފަސިންޖަރުންނާއި ދަބަސްތައް އެކަނި އުފުލުމަށް ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ފުރަތަމަ މުއާމަލާތުން ފެށިގެންވެސް ކާގޯ ގެނައުމުގެ ހުއްދަ އޭސްއަށް ދީފައި ނުވާ ކަމަށެވެ.

މޯލްޑިވިއަންގެ ޓުވީޓުން ދޭހަވިގޮތުގައި އެބަސްވުމާއި ހިލާފަށް އޭސް ޓްރެވަލްސް އިން ވަނީ އެ ކުންފުނިން ޗާޓާ ކުރި މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖެއަށް ކާގޯ ގެނެސްފައި އެވެ. އެ އެއާލައިނުން ބުނީ ކާގޯ ގެނައުމުންވެސް އެ ކުންފުނިން އިތުރު ފީއެއް ނަގާފައި ނުވާނެ ކަމަށެވެ.

https://twitter.com/MaldivianAero/status/1296878440038072320

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް