ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ފަސޭހަ، އާ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް އައު ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ. މި ބަދަލުގެ ދަށުން ބީއެމްއެލް...

22 Jul 2026 | 09:48
ބީއެމްއެލް މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް އައު ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ.

މި ބަދަލުގެ ދަށުން ބީއެމްއެލްގެ ޗެޓްބޮޓް "އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ކުރިއަށްވުރެ އަވަހަށް ޖަވާބު ލިބޭ ގޮތް ހަމަޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. ހަމައެއާއެކު ބޭންކިން ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ މަރުހަލާ ވެސް އިތުރަށް އަވަސްވާނެ ކަމަށް ބީއެމްއެލުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން "އާޔާ" ބޭނުންކޮށްގެން ބޭންކުގެ މުވައްޒަފަކާ ސީދާ ވާހަކަ ދެއްކުމުގެ ފުރުޞަތު ވެސް ކަސްޓަމަރުންނަށް ފަހިވާނެއެވެ.

ނަމަވެސް މި އައު ނިޒާމާ ގުޅިގެން މޮބައިލް އެޕާއި އިންޓަނެޓް ބޭންކިންގައި ކުރިން ބޭނުންކުރެވެމުން އައި މެސެޖިން ފީޗާ ދެން މެދުކަނޑައިލާނެއެވެ.

މި ފިޔަވަޅަކީ ޑިޖިޓަލް ބޭންކިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް