ކޯވިޑް-19: އަނެއްކާވެސް އިތުރުވެއްޖެ، މިއަދު 59 މީހަކު ޕޮޒިޓިވް ވި

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 59 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖްންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 44 ދިވެއްސަކު ހިމެނެއެވެ. ދެން ޕޮޒިޓ...

22 Jul 2020 | 18:12

ކޯވިޑް-19 އަށް މިއަދު ރާއްޖެއިން 59 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖްންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 44 ދިވެއްސަކު ހިމެނެއެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 14 މީހެއްގެ އިތުރުން އިންޑިއާގެ ރައްޔިތެކެވެ.

މިއަދު 59 މީހަކު ޕޮޒިޓިވް ވެފައިވާއިރު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 3103 އަށް އަރާފައެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ ފާއިތުވި ތިން ދުވަހަށް ބަލާލާއިރު އެއް ދުވަހަށްވުރެ އަނެއް ދުވަހު އިތުރުވެފައިވާކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް