އަހަރީ ރިޕޯޓުތައް އޯގަސްޓް 16ގެ ނިޔަލަށް މީރާއަށް ހުށަހަޅަން ޖެހޭ

2019 ވަނަ އަހަރުގެ ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީ...

22 Jul 2020 | 14:14

2019 ވަނަ އަހަރުގެ ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 16 އޮގަސްޓްގެ ނިޔަލަށް މީރާ މެދުވެރިކޮށްކަމަށެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހެއެވެ.

މާލިއްޔަތު ޤަވާއިދަށް ދާދިފަހުން ގެނައި އިސްލާހާއެކު ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީތައްވެސް މިހާރު ބަލައިގަންނާނީ މީރާ މެދުވެރިކޮށެވެ. މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައި ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް މީރާ މެދުވެރިކޮށް ބަލައިގަންނަ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް