ހުޅުމާލޭ ފޭސް 2ގައި ހަދަމުންދާ އިމާރާތެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
މިހާދިސާގައި މަރުވެފައިވަނީ ބިދޭސީއެކެވެ. އެއީ ބަންގްލަދޭޝް މީހެކެވެ.
އެމީހާ ވެއްޓިފައިވަނީ އެމްޕީއެމްއިން ހަދަމުންދާ ޓަވަރުގެ 14 ވަނަ ބުރިންނެވެ.
ފުލުހުން ބުނީ އެކަން ރިޕޯޓު ކުރީ މެންދުރު 1:40 ހާއިރު ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް