ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޯކާ މީޑިއާ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު...

22 Jul 2020 | 09:04

އޯކާ މީޑިއާ ގްރޫޕުން އިންތިޒާމް ކޮށްގެން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯވް މިއަހަރުގެ ނޮވެމްބަރ 24 އިން 26 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޯކާ މީޑިއާއިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ކޮންމެ އަހަރަކުވެސް ގެނުވާ މިފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެގްރޫޕުން ބުނެފައިވެއެވެ.

ޖޫންމަހުގެ ތެރޭގައި މިއަހަރުގެ ޓީޓީއެމް ފެއަރ ފުރަތަމަ ބާއްވަން ނިންމި ނަމަވެސް ފެއަރ ވަނީ ފަސްކޮށްފައި ވަނީ ކޯވިޑް-19ގެ ސަބަބުން ނެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރގައި 30 ޤައުމަކުން 150 ރިޒޯޓާއި، ހޮޓެލް، 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓާޒް ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް އޯކާ މީޑިއާއިން މައުލޫމާތުދެއެވެ. އޯރކާ މީޑިއާ ގްރޫޕުން ބުނީ، މިފެއަރގެ ތެރެއިން ޓީޓީއެމް ޓްރެވަލް ސަމިޓް، ގާލާ ނައިޓް، ވަން އޮން ވަން ބައްދަލުވުންތައް ކުރިޔަށްދާނެކަމަށެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ 4 ވަނަ އަހަރުކަން ވެސް އޯކާ އިން ފާހަގަކޮށްފައެވެ.

އިތުރު މައުލޫމަތާއި ހޯއްދެވުމަށާއި ރަޖިސްޓްރޭޝަނަށް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އޯކާއިން ބުނެއެވެ. މީގެއިތުރުން އޯކާއިން ވަނީ ފެއަރއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން https://traveltrademaldives.com/register މެދުވެރިކޮށް  އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށްވެސް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް