މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް މާދަމާއިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.
އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv ގައި ރަޖިސްޓްރީ ކުރުމުން އެ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށައެޅޭނެ ކަމަށާއި، މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮންލައިން ޕޯޓަލް "އިމުގާ" އިފްތިތާހްކޮށްފައިވާއިރު، މިޕޯޓަލްއަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.
މި ޕޯޓަލްއިން އެންމެ ފުރަތަމަ ލިބޭނެ ޚިދުމަތަކީ ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ކަމަށާއި އިތުރު ޚިދުމަތްތައްވެސް ތަޢާރަފް ކުރަމުންދާނެކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް