ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި ކޯވިޑް-19 އަށް 10،000 ސާމްޕަލް ޓެސްޓުކޮށްފި އެވެ.
މިކަން ފާހަގަކޮށް ފުލުހުންގެ ލެބޯޓަރީގައި މަސައްކަތް ކުރާ ފުލުހުން މިއަދު ވަނީ ކުޑަ ހަފްލާއެއް ބާއްވާފައި އެވެ. މި ހަފްލާގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ލެބްގައި އެކި ތަހުގީގުތަކާއި ގުޅިގެން ކޮންމެ މަހަކު އެތައް ސަތޭކަ ޓެސްޓު ތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކޯވިޑަށް ޓެސްޓު ކުރަން ފެށިފަހުން ކޮންމެ ހަފްތާއަކު 1،000 އަށްވުރެ ގިނަ ސާމްޕަލް ކޯވިޑަށް ޓެސްޓު ކުރެވިފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ސީޕީ ހަމީދުގެ ޓުވީޓުގައި ވަނީ ފުލުހުންގެ ފޮރެންސެކް ލެބްގައި މަސައްކަތް ކުރާ ފުލުހުންނަށް ތައުރީފު ކުރައްވާފައި އެވެ.
https://twitter.com/M_Hameedh/status/1285846769075548160
މިހާތަނަށް އެންމެ ގިނަ ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވަނީ އައިޖީއެމްއެޗުގައި އެވެ. އެ ހޮސްޕިޓަލުން މިދިޔަ ހަފްތާގައި ބުނީ އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބައި ލައްކަ ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.
މާލޭގައި އައިޖީއެމްއެޗުގެ އިތުރުން ފުލުހުން ލެބް އަދި އޭޑީކޭ ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް