ވަކި ފަނޑިޔާރަކާ ދޭތެރޭގައި، ވަކި ގޮތެއް ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް، މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ހިފަހައްޓައި ދިނުމަށް ޖޭއެސްސީއަށް އެއްބާރުލުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ވަކިގޮތެއް ނުހަދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް މިއަދު އައިސްފައިވާ ފަނޑިޔާރުގެ މައްސަލައަކީ މަޖިލީހަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެއް ފަނޑިޔާރުގެ މައްސަލަ ކަމަށެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއެކު މި މަޖިލީސް އިންތިހާބުވެފައިވަނީ ވަރަށް މުހިއްމު ވައުދުތަކެއް ރައްޔިތުންނަށް ވުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީ އިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު މައުސޫމްގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލަތަކާއި ގުޅިގެން ތަހުގީގުކޮށް އޭނާގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކަކީ ފަނޑިޔާރެއްގެ ގޮތުގައި ހުރެގެން ކޮށްގެން ނުވާނެ އަމަލުތަކެއް ކަމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް