މުއްދަތު ހަމަވެފައިވިޔަސް، އައިޑީ ކާޑަށް އޯގަސްޓް މަހުގެ ނިޔަލަށް ހިދުމަތް ލިބޭނެ: ޑީއެންއާރު

އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020  ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތްތައް އޯގަސްޓް މަހުގެ ނިޔަލަށް ...

22 Jul 2020 | 06:24

އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020  ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތްތައް އޯގަސްޓް މަހުގެ ނިޔަލަށް ފޯރުކޮށްދެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންސް (ޑީއެންއާރު) އިން ހާމަކޮށްފިއެވެ.

މިކަން އެ ޑިޕާޓްމަންޓުން ހާމަކުރީ، އޭޕްރީލް ހަތަރެއްގައި މިކަން ހާމަކޮށް ނެރުނު އިއުލާނުގެ މުއްދަތު ހަމަވެފައިވާތީ އެ މުއްދަތު އޯގަސްޓްގެ ނިޔަލަށް ދިގުދަންމާލައި މިއަދު ނެރުނު އިއުލާނެއްގައެވެ.

މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ޑިޕާޓްމަންޓްގެ ނަންބަރ (IUL)133-AS/133/2020/4 (04 އޭޕްރީލް 2020) އިޢުލާނަށް އަމަލު ކުރުމުގެ މުއްދަތު 31 އޮގަސްޓް 2020 ވަނަ ދުވަހަށް އިތުރުކޮށް ޢާންމުކޮށް އަންގާ އިޢުލާން ކުރާ ކަމަށާއި މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް، އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅުއްވޭނެ ކަމަށެވެ.

ކުރިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް އޭރު އޮތީ މެދުކަޑާލެވިފައި ކަމަށާއި މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020  ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތްތައް އޯގަސްޓް މަހުގެ ނިޔަލަށް ފޯރުކޮށްދެވޭނެކަން އިއުލާނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް