ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްްރީކޮށް މަޤާމުތަކަށް ވާދަކުރުމުގެ ފުރުސަތު

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖަމުޢިއްޔާއެއް ގޮތުގައި ރަޖިސްޓްރީކޮށްފިއެވެ. މި ޖަމުޢިއްޔާ އަކީ ރެސްޓޯރަންޓް، ކެފޭ، ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން ދިއުމާއި ގުޅިގެން އެ ...

22 Jul 2020 | 05:31

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖަމުޢިއްޔާއެއް ގޮތުގައި ރަޖިސްޓްރީކޮށްފިއެވެ.

މި ޖަމުޢިއްޔާ އަކީ ރެސްޓޯރަންޓް، ކެފޭ، ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން ދިއުމާއި ގުޅިގެން އެ ސިނާއަތުގެ އަޑު އުފުލުމަށްޓަކައި އުފެއްދި ޖަމުޢިއްޔާއެކެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ގޮތުގައި ރާއްޖޭގައި ހިންގާ ކާބޯތަކެތީގެ ވިޔަފާރިތަކަށާއި އެ ސިނާއަތާ ގުޅުންހުރި ވިޔަފާރިތަކަށް ވެވިދާނެ ކަމަށް އެ ޖަމުޢިއްޔާއިން ބުނެފައެިވެއެވެ. ބައިވެރިވާ ކޮންމެ އާންމު މެންބަރެއްގެ އަތުން އަހަރީ ފީއެއްގެ ގޮތުގައި 600 ރުފިޔާ ނަގާނެއެވެ. އަދި ކޮންމެ ޖަމާއަތް މެންބަރެއްގެ އަހަރީ ފީއެއްގެ ގޮތުގައި 6000 ރުފިޔާ ދައްކަންޖެހޭނެކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.

ހަމަ މިއާއި އެކު، އެ ޖަމުޢިއްޔާގެ މަޤާމުތަކަށް ވާދަކުރުމުގެ ފުރުސަތުވެސް މި ވަނީ ހުޅުވާލެވިފައެވެ. މި ޖަމުޢިއްޔާގައި ކުރިމަތި ލެވެން ހުރި މަގާމުތަކަކީ:

  • ރައީސް
  • 2 ނައިބުރައީސް
  • ސެކްރެޓަރީ
  • ހަޒާންދާރު
  • ބޯޑު މެންބަރުން

މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

މިފަދަ ޖަމުއިއްޔާއެއް އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ރެސްޓޯރަންޓް، ކެފޭ ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ކުރިއެރުވުމާއި އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން މި ސިނާޢަތުގައި މަސައްކަތްކުރާ ފަރުދުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މި ދާއިރާއަށް ޝައުގު ހުރި މިންވަރު އިތުރުކޮށް މީހުން ބިނާކުރުމަކީވެސް ޖަމުޢިއްޔާގެ މަޤްޞަދެއްކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް