އޯލެވްލް ސެޓްފިކެޓުތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

މިދިޔަ އޮކްޓޯބަރު/ ނޮވެމްބަރު މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިނ ބުނީ އޯލެވެލް އަދި އޭލެވެލް އިމްތިހާންގެ ސެޓްފިކްޓްތ...

22 Jun 2020 | 18:37

މިދިޔަ އޮކްޓޯބަރު/ ނޮވެމްބަރު މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިނ ބުނީ އޯލެވެލް އަދި އޭލެވެލް އިމްތިހާންގެ ސެޓްފިކްޓްތަކަކީ ޔުނިވާސިޓީން ޕްރިންޓްކޮށް ސީލް ޖަހައިގެން ފޮނުވާ ލިޔުންތަކެއް ކަމަށާއި އަދި އެ ސެޓްފިކެޓްތައް ޕްރިންޓްކުރަނީ ރީޗެކް މަރުހަލާތައް ނިމި ނަތީޖާ ކަށަވަރުކުރުވުމުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އޯލެވެލް އިމްތިހާނުގެ ހުރިހާ ސެޓްފިކެޓްތަކެއް ރާއްޖެ ގެނެވިފާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ސެޓްފިކެޓުތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ.

މިހާރު ބައެއް ސްކޫލްތަކާއި ސެޓްފިކެޓްތައް ހަވާލުކޮށް ނިމިފައިވާ ކަމަށްވެސް ބުނެ އެވެ.

ސްކޫލްތަކުން ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރަމުންދާއިރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އޯލެވްލް އިމްތިހާނުގެ ސެޓްފިކެޓުތައް ދަރިވަރުންނަށް ލިބުން އެހެން އަހަރުތަކާއި އަޅާބަލާއިރު ލަހެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލުމުން އިނގިރޭސިވިލާތުން ސެޓްފިކެޓްތައް ގެނައުން ލަސްވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް