އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ވަހީދު އައްޔަން ކޮށްފި

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ އެޑްވައިޒު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވައިފި އެވެ. އެކަމަށް ޓަކައި މިރޭ ބަނީ ޕީޕީއެމްއިން ހާއްސަ ރަސްމިއްޔާތެއް ބާ...

22 Jun 2020 | 18:24

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ އެޑްވައިޒު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވައިފި އެވެ.

އެކަމަށް ޓަކައި މިރޭ ބަނީ ޕީޕީއެމްއިން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. އެ މަގާމު އެމަނިކުފާނަށް އެރުއްވީ ޕީއެންސީގެ ވަގުތީ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމް-ޕީއެންސީ ހަަރަކާތްތައް ހިންގުމުގައި ކުރިމަގުގައި އެމަނުކުފާނުގެ ބޮޑު ތަސައްވަރެއް އޮބައޮތެވެ. އެގޮތުން އުންމީދަކީ އިދިކޮޅު ކޯލިޝަންއަކީ ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގަދަ ސިޔާސީ ހަރަކާތައްކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ވަހީދު ދެކެވަޑައިގެންނަވާ ގޮތުގައި އިދިކޮޅު ކޯލިޝަނަކީ އެންމެ ނިކަމެތި މީހާގެ ހާލު ބަަލައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކުރިޔަށް އޮތްތާ އޮންނާނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އެކަކު އަނެކަކަށް އޮންނަ ހަސަދަ ވެރިކަމާއި ރުޅިވެރިކަން ފާޅުކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން އެކިއެކި މަގާމުތަކާ ހަވާލުވާ މީހުން، ރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލުކުރާ އެކި ވަރުވަރުގެ ވެރިން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

މި ރަސްމިއްޔާޓުގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޑރ. ވަހީދު އެ ކޯލިޝަންގެ އެޑްވައިޒަކަށް ހަމަޖެއްސެވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަޔޫމްގެ މަޝްވަރާގެ މަތިން ކަމަށެވެ.

ރައީސް ވަހީދު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް