މިއަދު ޕޮސިޓިވްވީ 14 މީހުން، ބަލިން ރަނގަޅުވީ 10 މީހަކު

ކޯވިޑް-19 އަށް އިތުރު 14 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެހިންނާއި ހަ ބިދޭސީ އެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނ...

22 Jun 2020 | 17:38

ކޯވިޑް-19 އަށް އިތުރު 14 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ އަށް ދިވެހިންނާއި ހަ ބިދޭސީ އެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ތިން މީހަކާއި، އިންޑިއާގެ ދެ މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.

ބައްޔަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 10 މީހެކެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 391 އެވެ.

ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެނީ ނުވަ މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 1،813 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަން 21 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަ ކުރުމަށް ފަހު އަލާމާތް ނެތް ނަމަ މިހާރު އިތުރަށް ކޯވިޑަކަށް ޓެސްޓެއް ނުކުރެ އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ 2،217 މީހުންނެވެ. އޭގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް