އުރީދޫ މަގޭ ޕްލޭން އެކްސްކްލޫސިވްސްގެ ދަށުން ހަމަ ކޮންމެ މަހަކުމެ ހާއްސަ އޮފާތަކެއް ދެމުން އަންނައިރު، މި ހިނގާ ޖޫން މަހަށްވެސް ވަރަށް ހާއްސަ އޮފާތަކެއް ކުރިއަށްއެބަދެއެވެ.
އެގޭތެރޭގައި:
ހުކުރު ދުވަހަށް ހާއްސަ، "މަގޭ ޕްލޭން ފަން ފްރައިޑޭ"
މި އޮފާރގެ ދަށުން ހަމަ އެންމެ 75 ރުފިޔާއަށް ފަސް ޖީބީ ލިބިލައްވާނެއެވެ. 24 ގަޑިއިރަށް ލިބޭ މި އޮފަރ ހާއްސަ ވަނީ ހަމަ އެކަނި ހުކުރު ދުވަސްތަކަށެވެ.
ދުވާލަކު އެއް ޖީބީ ހަމަ އެންމެ 40 ރުފިޔާއަށް
މި އޮފާއަކީ މި ހިނގާ ޖޫން މަހު ހަމަ ކޮންމެ ދުވަހަކުވެސް ހިޔާރުކޮށްލެވިދާނެ އޮފަރ އެކެވެ. މި އޮފާރގެ ދަށުން މި ހިނގާ ޖޫން މަހު ހަމަ ކޮންމެ ދުވަހަކުވެސް އެންމެ 40 ރުފިޔާއަށް އެއް ޖީބީ ބައްލަވައިގަނެވޭނެއެވެ.
ހަފްތާއަކު ތިން ޖީބީ ހަމަ އެންމެ 150 ރުފިޔާއަށް
މި އޮފާރ އަކީ އެއް ހަފްތާގެ މުއްދަތަށް ހަމަ އެންމެ 150 ރުފިޔާއަށް ތިން ޖީބީ ބައްލަވައިގަނެވޭނެ އޮފަރ އެކެވެ.
ޑަބަލް ޑާޓާ އޮން "ޑާޓާ880" އަދި "ޑާޓާ1100"
މި ހިނގާ ޖޫން މަހު މި ދެޕެކޭޖުންކުރެ ޕެކޭޖެއް މަގޭ ޕްލޭން މެދުވެރިކޮށް ބައްލަވައިގަންނަ ނަމަ ޑާޓާ ދެގުނަ އިތުރަށް ލިބިގެންދާނެއެވެ.
އުރީދޫ މަގޭ ޕްލޭނަކީ ޑާޓާ، ވޮއިސް ކޯލްސް، އެސްއެމްއެސް އަދި އައިޑީޑީވެސް ހިމެނޭހެން ކަސްޓަމަރުންނަށް ފުރިހަމަ މިނިވަންކަން ލިއްބައިދޭ، އެ ކަސްޓަމަރަކު ބޭނުންފުޅުގޮތަކަށް ބައްޓަން ކޮށްލެވޭ ޕްލޭނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް