ނަޝީދުގެ ވާހަކަފުޅު މަރު ކޮމިޝަނުން ދޮގުކޮށްފި، މައްސަލަތައް ބެލުން ހުއްޓައެއް ނުލަން!

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ކުރިޔަށް ގެންދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް މަޖިލީ...

22 Jun 2020 | 10:44

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް މި ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ކުރިޔަށް ގެންދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ ހިސާބު އަންގައި ދިނުމަށް މަޖިލީހުން އެދިފައިވާތީ ސިޓީގެ ޖަވާބު ފޮނުވާފައިވާފައިވާނެ ކަމަށެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ލިޔުމުން ފޮނުވި ޖަވާބުގައި އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމަކު އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު، އިތުރަށް ކުރިއަށް ގެންދެވެން ނެތް ވާހަކަ އަންގައިފައި ނުވާނެ ކަމަށް ބުންޏެވެ. މަރު ކޮމިޝަނުން ބުނީ ކޮމިޝަނުގެ އެއްވެސް މަސައްކަތެއް ހުއްޓުމެއްނެތި ކުރަމުންދާކަން ހާމަ ކުރަން ބޭނުންވާ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައަކާއި ގުޅޭ އިތުރު ހެއްކެއްވެސް ހޯދިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމިޝަނުން ދެކޭގޮތުގެ ލިޔުން މަޖިލީހުގެ މެންބަރުންނަށް ލިބުމުން އެކޮމިޝަނަށް ދިމާވެގެން އުޅޭ މައްސަލަ އިތުރަށް ސާފުވާނެ ކަމަށެވެ.

އެ ކޮމިޝަނަށް ހޯދު މައުލޫމާތުތަކުގެ މައްޗަށް ބަލައި ދައުވާ ކުރެވެން އޮތީ ވަޅި ޖެހި މީހާއަށް އެކަނިކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ފަންޑު ކުރި މީހުންނާއި އެކަންކަން ރޭވި މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ކޮމިޝަނަށް ހޯދިފައި ނުވާކަމަށެވެ.

ނަޝީދު ވިދާޅުވީ މައްސަލައެއް ތަހުގީގު ކުރާތާ އަހަރު ދެއަހަރު ވާއިރު ރާއްޖޭގައި ތަހުގީގަށް އެނގެން އޮންނަ ވަރަށް ދައުވާ ކުރެވޭތަން ނުފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް