ވައިބާ ގްރޫޕެއް ހަދައިގެން ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބައެއްގެ މައްސަލަ ބަލަނީ

ވައިބާ ގްރޫޕެއް ހަދައިގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބައެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަ...

22 Jun 2020 | 08:14

ވައިބާ ގްރޫޕެއް ހަދައިގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބައެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ގްރޫޕު ހިންގަނީ ކޮންބައެއް އަޑީގައި ތިބެގެން ކަމެއް އަދި ނޭނގެ އެވެ.

މި މައްސަލަ ފެންމަތިވީ އެ ގްރޫޕާއި ގުޅިގެން ހަށިވިއްކުމުގައި ބައިވެރިވާ އަންހެނަކު ބައެއް ނޫސްވެރިންގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ. އެކަމަކު އޭނާ އެމައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރީ ކީއްވެ ކަމެއް އަދި އެއީ އެ ގްރޫޕުގައި މަޖުބޫރީ ހާލަތުގައި މަސައްކަތް ކުރާ މީހެއް ކަމެއް ނޭނގެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވައިބާ ގްރޫޕު މެދުވެރިކޮށް ބިދޭސީ އަންހެނުންނާއި ދިވެހި އަންހެނުން ދަނީ ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް