މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތުރުކުރައްވައިގެން ހުންނެވި ފޭސްމާސްކު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.
މި މާސްކުގެ ވާހަކަ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިހާރު ދައްކަމުންނެވެ. ޓްވިޓާ އާއި ފޭސްބުކްގައި މި މާސްކުގެ ވާހަކަ މިހާރު އަންނަނީ ދެކެވެމުންނެވެ.
މިއަދުގެ ޖަލްސާގައި ޖާބިރުގެ ވާހަކަފުޅު އަމާޒުކޮށްފައިވަނީ ފުރަބަންދު އުވާލުމަށާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ފިޔަވަޅު އެޅުމަށެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ޖާބިރު ހުންނެވީ މާސްކު ރީއްޗަށް ތުރުކުރައްވައިގެންނެވެ. ނަމަވެސް މިހާރު މާސްކުވަނީ ވަރަށް ހަނިކޮށްލާފައެވެ. އަނގައެއް ނޭފަތެއް ރަނގަޅަށް ނިވާ ނުވާ ވަރަށެވެ. ބެލެވޭގޮތުގައި މާސްކަށް މި ދަބަލު ޖާބިރު މި ގެންނެވީ ފުރަބަންދާ ދެކޮޅަށް ރަމްޒީ އިހްތިޖާޖެއް ކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް