ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރަކީ އަންހެނެއް ކަމަށާއި (މައިމޫނާ) މި ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ނަގާލާ ކުރަމުންދާ ކަންކަން ކުށްވެރިކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މެމްބަރު ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ ލޮކްޑައުން ކުރަން ޖެހުނު ސަބަބު މިހާރުން މިހާރަށް ބަލާ، ގާނޫނު އަސާސީގެ އިމުގެ ތެރެއިން ރައްޔިތުން މިނިވަން އިއާދަކުރުމަށް ކުރުމަށް ވަގްތުން ވަގްތަށް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހުގެ ރައީސަށާއި މަޖިލީހުގެ މެމްބަރުންނަށް އޭނާ ގޮވާލާ ކަމަށެވެ.
"ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަކީ ދައުލަތުގެ ވަލިއްޔުލްއަމްރަށްވެސް ނުދޭވަރުގެ ބާރުތައް ދީގެން، މައިމޫނާއަކީ އަންހެނެއް، މި ރާއްޖޭގެ ރައްތިތުންގެ މިނިވަންކަން ނަގާލާ ކުރަމުންދާ ކަންތައް ކުށްވެރިކުރަން" ޖާބިރު ވިދާޅުވިއެވެ.
މައިމޫނާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ފިޔަވަޅު އެލުމަށްވެސް ޖާބިރު މިއަދު ގޮވާލެއްވިއެވެ.
"ފެނިގެން މިދަނީ އެއްވެސް ހައްގުން ކަމަކާ ނުލާ ދިވެހި ރައްޔިތުން ބަންދުގައި ބައިތިއްބާ ގާނޫނޫ އަސާސީއާ ހިލާފަށް އަމަލުކުރަމުންދާ މަންޒަރު" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޓޫރިޒަމް ފުނޑާލައިފި ކަމަށާއި ރާއްޖެއިން އަޅާފައިވަނީ ޗައިނާއިން އެޅި ފިޔަވަޅުތަކަށްވުރެވެސް ހަރުކަށި ފިޔަވަޅުތަކެއް ކަމަށެވެ. އެކަމުން ރާއްޖެއަށް ވަނަ ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް