ވައިރަސް ފެތުރިފައިވޭތޯ ބެލުމަށް މާލޭ ޖަލުން 100 އެއްހާ ސާމްޕަލް ނަގައި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މާލޭ ޖަލުން 101 ސާމްޕަލް ނަގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ. މާލޭ ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަންސްގެ އޮފިސަރަކު މީގެ ދެ ދުވަސް ކުރިން ...

22 Jun 2020 | 05:39

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މާލޭ ޖަލުން 101 ސާމްޕަލް ނަގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

މާލޭ ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަންސްގެ އޮފިސަރަކު މީގެ ދެ ދުވަސް ކުރިން ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ. އޭނާ ސާމްޕަލް ނަގައި ޓެސްޓު ކުރީ މަގުމަތިން ރެންޑަމްކޮށް ސާމްޕަލް ނެގުމުގެ ތެރޭގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މާލޭ ޖަލުން ސާމްޕަލް ތަކެއް ނަގައި ޓެސްޓު ކުރަން ނިންމީ މާލޭ ޖަލުގައި ބަލި ފެތުރިފައިވޭތޯ ބަލަން އެޗްޕީއޭއާއި ކަރެކްޝަންސްއިން މަޝްވަރާ ކުރުމަށް ފަހު އެވެ.

ކަރެކްޝަންސް އިން ބުނީ މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން 70 ސާމްޕަލްއެއް ނަގާފައިވާ ކަމަށެވެ. އަދި 24 ގައިދީއަކާއި ހަތް ވެއިޓަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެ އެވެ.

https://twitter.com/CorrectionsMv/status/1274752541192933376

މީގެ ކުރިންވެސް އެޗްޕީއޭ އާއި ކަރެކްޝަންސް ގުޅިގެން ވަނީ ޖަލުތަކުގައި ވައިރަސް އުޅޭތޯ ބެލުމަށް ހުރިހާ ޖަލަކުން ސާމްޕަލް ނަގައި ޓެސްޓުކޮށްފައި އެވެ. އެގޮތުން މާފުށީ ޖަލާއި، އައްސޭރި ޖަލާއި، މާލޭ ޖަލު އަދި ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުން ނެގި ހުރިހާ ސާމްޕަލްއެއްވެސް އޭރު ވަނީ ނެގެޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް