ނަވާނަވައިގެ މުޒާހަރާ ފެށިތަނުން ރޫޅާލައި މަޖިލީހާ ދުރަށް ޖައްސައިފި

ސިޔާސީ ހަރަކާތް "ނަވާނަވައި" އިން މިއަދު މަޖިލިސް ކައިރީގައި ކުރިއަށްގެންދިޔަ މުޒާހަރާ ފެށިތަނުން ރޫޅާލައި ރައްޔިތުންގެ މަޖިލީހާ ދުރަށް ޖައްސައިފިއެވެ. މަދު އަދަދެއްގެ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައ...

22 Jun 2020 | 04:44

ސިޔާސީ ހަރަކާތް "ނަވާނަވައި" އިން މިއަދު މަޖިލިސް ކައިރީގައި ކުރިއަށްގެންދިޔަ މުޒާހަރާ ފެށިތަނުން ރޫޅާލައި ރައްޔިތުންގެ މަޖިލީހާ ދުރަށް ޖައްސައިފިއެވެ.

މަދު އަދަދެއްގެ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިން އަޑު އުފުލާފައިވަނީ މަސައްކަތްތެރިންގެ ހައްގުގައެވެ. އެގޮތުން މަސައްކަތްތެރިންނަށް އިނާޔަތް ދިނުމަށް ގޮވާލާފައިވެއެވެ. އަދި ކުލި ނުދެއްކިގެން ގެއިން ނެރޭ މައްސަލައިގާ މަޖިލިސް ހަނު އޮވެ، ރައްޔިތުންނާ ނުގުޅޭ ކަންކަމުގައި މިހާލަތުގައި ބަހުސްކުރާ ކަމަށް މި މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

މީގެ އިތުރުން މަހުޖަނުންނަށް ބޮޑެތި އަދަދުތަކުން ލޯނު ދެމުން އަންނައިރު މަސައްކަތްތެރިންގެ ތެރެއިން މާލީ އެހީ ދެވުނީ އަދި މަދު އަދަދަކަށްކަން ފާހަގަކޮށް، މަސައްކަތްތެރިންނަށް ދޭ އެލަވަންސްގެ ކަންކަން އަވަސްކުރުމަށް ގޮވާލާފައިވެއެވެ.

މި މުޒާހަރާ އަދިވެސް ހުއްޓާލާފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހޮޓެލް ޖެން އާއި ހަމައަށް ދުރަށް ޖައްސާފައެވެ.

https://www.youtube.com/watch?v=Y4O1F51rszU&feature=youtu.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް