ލ. އިސްދޫގައި އެ ރަށަށް ކަރަންޓު ދިނުމަށް ބޭންކުރާ ޖަނަރޭޓަރެއް ހަލާކުވެ އެ ރަށުން ކަރަންޓުގޮސް ރަށުގެ ރައްޔިތުން މިރޭ ކަނު އަނދިރީގައި ހޭދަކުރަން ޖެހިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުސިލް މެމްބަރު އިބްރާހިމް ފައުޒީ ވިދާޅުވީ ކަރަންޓު ދިޔައީ ރޯދަ ވީއްލި ވަގުތު ކަމަށާއި ކަރަންޓު ކެނޑެން މެދުވެރިވީ ރަށުގެ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެގެން ކަމަށެވެ.
"280 ދެ ޖަނަރޭޓަރު އަދި 260ގެ ޖަނަރޭޓަރެއް ބޭނުންކުރަނީ، އޭގެން 260ގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވީ" ފައުޒީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ދެންނެވީ، ކައިރި ރަށަކުން ރޭޑިއޭޓަރެއް ގެނެސް ޖަނަރޭޓަރު ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަށަށް ކަރަންޓު ލިބޭނެ އިރެއް ސީދާ ދަންނަވަން ދަތި ކަމަށެވެ.
އިސްދޫގައި ކަރަންޓުގެ ހިދުމަތް ދެނީ ފެނަކައިންނެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ހެނދުނު 10:00 އިން ފެށިގެން ކަރަންޓު ކެނޑެން ފެށި ކަމަށާއި ކެނޑެމުން، ލިބެމުން، ކެނޑެމުންގޮސް އެއްކޮށް ރަށުން ކަރަންޓު ދިޔައީ އިރުއޮއްސުނު ވަގުތު ކަމަށެވެ. އަދި ގިނަ ގޭގޭގައި މިއަދު ރޯދަވީއްލަން ފަނިވެސް ނުގިރުނު ކަމަށާއި މިހާރު ބައެއް ރައްޔިތުން، ކުޑަކުދިން ގޮވައިގެން ތިބީ މަގުމަތީގައި ކަމަށެވެ. ކަރަންޓު ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް