ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު109 އަށް އަރައިފި އެވެ.
އަލަށް ބަލި ރަނގަޅުވެފައިވަނީ ފަސް މީހެކެވެ. އެޗްޕީއޭއިން ބުނީ މި ފަހަކަށް އައިސް ބަލި ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ.
އެގޮތުން މިހާތަނަށް ރަނގަޅުވެފައިވާ މީހުންގެ ތެރޭގައި65 ދިވެއްސަކު ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްގެ23 މީހަކު ހިމެނޭ ކަމަށާއި އެހެނިގެން ގައުމުތަކުގެ11 މީހަކު ހިމެނޭ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް1،274 މީހަކު ވަނީ ޕޮސިޓީވްވެފައި އެވެ. އަދި ހަތަރު މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް