އިތުރު58 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އިރު އޮއްސި ހަތެއް ޖެހުމާއި ހަމައަށް58 މީހަކު ޕޮސިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށެވެ. މިއަދު ޕޮސިޓިވްވި މީހުން ގެތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، ބަންގްލަދޭޝްގެ 39 މީހަކާއި އިންޑިއާ މީހެކެވެ.
ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ފަރުވާ ދެމުންދަނީ 1،170 މީހުންނަށެވެ. 104 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
އެންމެ ގިނައިން ރާއްޖެއިން ޕޮސިޓިވްވަމުން ދަނީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް ދިވެހިންނަށް އެންމެ ގިނައިން ބަލި ޖެހިފައިވާއިރު ތިން ވަނައަށް އެންމެ ގިނައިން ބަލި ޖެހެމުންދަނީ އިންޑިއާ މީހުންނަށެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 1،274 މީހުން ވަނީ ޕޮސިޓިވްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް