މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އަދި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.
https://twitter.com/MetMaldives/status/1263755486043803648
މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 02:00 އިން މިރޭ 07:00 އާއި ދެމެދުގެ ވަގުތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް