މަލިކުގައިވެސް ކުޑައީދު ނަމާދު ކުރަން ނިންމީ ގޯތީގައި

އިންޑިއާގެ އަވަށެއްގެ ގޮތުގައި އޮތް ނަމަވެސް މަލިކަކީ ދިވެހިންނާއި އެތައް ގޮތަކުން ގުޅިފައިވާ ރަށެކެވެ. އެމީހުން މޮށެ އުޅެނީ ދިވެހި ބަހުންނެވެ. ދިވެހި ރާއްޖެއާއި އެއް އާދަކާދަތަކެއް ގެންގުޅެއެވެ. އެއީ...

22 May 2020 | 08:33

އިންޑިއާގެ އަވަށެއްގެ ގޮތުގައި އޮތް ނަމަވެސް މަލިކަކީ ދިވެހިންނާއި އެތައް ގޮތަކުން ގުޅިފައިވާ ރަށެކެވެ. އެމީހުން މޮށެ އުޅެނީ ދިވެހި ބަހުންނެވެ. ދިވެހި ރާއްޖެއާއި އެއް އާދަކާދަތަކެއް ގެންގުޅެއެވެ. އެއީވެސް އަހަރެމެން ދިވެހިންފަދަ މުސްލިމުންނެވެ. އަދި އެއް ޒަމާނެއްގައި މަލިކަކީ ދިވެހި ރާއްޖޭގެ ބައެއް ކަމުގައިވެސް ބުނެވެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި މަލިކުގައިވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މުޅި އިންޑިއާ ހިމެނޭހެން އިއުލާނުކޮށްފައިވާ ފުރަބަންދަށް މަލިކުގެ ރައްޔިތުންވެސް އަންނަނީ ބޯ ލަނބަމުންނެވެ. ނަތީޖާއަކީ އަދި މިހާތަނަށް އެ ރަށުން ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވުމެވެ.

ކުޑައީދު ނަމާދު ކުރުމާއިމެދު މަލިކުގައި ނެރެފައިވާ އިއުލާނެއްގައި ދިވެހި ބަހުން ބުނެދީފައިވަނީ އީދު ނަމާދު ކުރުމުގައި އަމަލުކުރަންވީ ގޮތްތަކެވެ.

އެ އިއުލާނުގައި ބުނެފައިވަނީ "ކުޑަ އީދުނަމާދު މިފަހަރު ކުރެވޭނީ ގޯތީގައިއެވެ. އިމާމުގެ ފަހުގައި ދެމީހުން ނުވަތަ އޭގެއިތުރަށްވެސް ބައިވެރިވާންކެރޭނޭވެ. އީދުނަމާދު ގޯތީގައި ކުރާއިރު ކޮތުބާ ނުކިޔާށެވެ"

އެ އިއުލާނުގައި އީދު ނަމާދު ކުރީގައި ފިތުރު ޒަކާތް ދެއްކުމަށްވެސް ހަނދުމަކޮށްދީފައިވެއެވެ. ބުނެފައިވަނީ "އީދު ނަމާދު ކުހީގައި ފިތުރުޒަކާތްދޭށެވެ. ހަނޑޫގެ ހިސާބަކީ ދެކިލޯބައިއެވެ. ނުވަތަ އޭގެ އަގުދޭށެވެ. މިފަހަރު ހަމަޖެއްސީ 30 ރުފިޔާއެވެ"

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް