ހުޅުމާލޭ ޖަލުގައި އެ ޖަލުގެ އޮފިސަރުންނާއި ގައިދީންގެ ރޭންޑަމް ސާމްޕަލްނެގުން މިއަދު ކުރިއަށްދާކަމަށް ކަރެކްޝަންސުން ބުނެފިއެވެ.
އެގޮތުން، ކަރެކްޝަންސުން ބުނެފައިވަނީ މި މަސައްކަތް ކުރިއަށްދަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ކަރެކްޝަންސް ސާވިސް ގުޅިގެން ކަމަށެވެ.
https://twitter.com/CorrectionsMv/status/1263718109594058753
ރޭންޑަމް ސާމްޕަލް ނެގުން މިއަދު ހުޅުމާލޭ ޖަލުގައި ކުރިއަށްދާއިރު މީގެ ކުރިން ހިންމަފުށީ އައްސޭރި ޖަލުގައްޔާއި މާފުށި ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންގެ ރޭންޑަމް ސާމްޕަލް ނަގާފައިވެއެވެ.
އެގޮތުން މިމަހުގެ ކުރީކޮޅު މާފުށީ ޖަލުން ޖުމްލަ 38 ރޭންޑަމް ސާމްޕަލެއް ނެގިއެވެ. އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގަޓިވް ވެފައެވެ. ހިންމަފުށީ އައްސޭރި ޖަލުން 37 ސާމްޕަލެއް ނެގިއެވެ. އެ ސާމްޕަލްތައްވެސް ވަނީ ނެގަޓިވް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް