ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ގައުމަށް ލިބިފައިވާ ހިތާމައެއް ކަމަށް ބުނެ ކޮށްފައިވާ ޓްވީޓް، ރައީސް ނަޝީދު ރީޓްވީޓް ކުރައްވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިރޭ އަނެއްކާވެސް ވަރަށް ތަފާތު ކަމެއް ހިނގައިފިއެވެ. އެއީ ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންވެވުމަކީ ގައުމަށް ލިބިފައިވާ ހިތާމައެއް ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެއް ރައީސް...

21 May 2020 | 22:29

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިރޭ އަނެއްކާވެސް ވަރަށް ތަފާތު ކަމެއް ހިނގައިފިއެވެ. އެއީ ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންވެވުމަކީ ގައުމަށް ލިބިފައިވާ ހިތާމައެއް ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެއް ރައީސް ނަޝީދު ރީ ޓްވީޓް ކުރެއްވުމެވެ.

އެ ޓްވީޓަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެކެވެ.

އެ ޓްވީޓްގައި ސައީދު ވިދާޅުވެފައިވަނީ ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހް ރަން އަކުން ފަވާނެ ފަދަ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށާއި، އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށެވެ.

މި ޓްވީޓް ރައީސް ނަޝީދު ރީ ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިކަން ފާހަގަކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ރައީސް ނަޝީދު މި ޓްވީޓް ރީ ޓްވީޓް ކުރުމަކީ އެ ޓްވީޓްގައި ސައީދު ދައްކަވާފައިވާ ވާހަކަ ރައީސް ނަޝީދު އެންޑޯޒް ކުރުމެވެ. އަދި އެކަންކަން ގަބޫލުފުޅު ކުރެއްވުމެވެ.

ކޮންމެއަކަސް މިފަދަ ޓްވީޓެއް ރައީސް ނަޝީދު ރީ ޓްވީޓް ކުރައްވާފައިވާއިރު ރައީސް ނަޝީޑަކީ ދިވެހިން މިހާރު މިދެކޭ ޑިމޮކްރަސީ މި ގައުމަށް ގެނައި ފަރާތްކަމުގައި ގިނަ ބަޔަކު ދެކެއެވެ. އަދި އެއްވެސް ފަރާތަކަށް ނުހައްގުން އަދަބު ލިބުމަކީ ރައީސް ނަޝީދު ބޭނުންވެލައްވާނެ ގޮތް ނޫން ކަމުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް