ހަނިމާދޫ މޮނިޓަރިންގައި، ކޯވިޑް ޖެހުނީ މަތިވެރިން ދިޔަ ބަޔަކަށް

ހދ. ހަނިމާދޫ މޮނިޓަރިންއަށް ލައިފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހަނިމާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނ...

22 Apr 2021 | 18:11

ހދ. ހަނިމާދޫ މޮނިޓަރިންއަށް ލައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހަނިމާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ހަނިމާދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ހަނިމާދޫ ކައުންސިލުން މީޑިއާގައި ބުނީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު މަތިވެރިން އެ ރަށަށް ދިޔަ ދެ މީހަކު ކަމަށެވެ. އެ މީހުން ޕޮޒިޓިވްވި ކަން އެނގުނީ މަތިވެރިން އިއްޔެ ކޯވިޑު ކޭސްތަކެއް ފެނި އެ ރަށް މޮނިޓަރިން އަށް ލުމުން އެ ރަށުން ދަތުރު ކުރި މީހުން ދެނެގަނެ ހެދި ޓެސްޓުތަކުން ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވެފައިވަނީ މަތިވެރި މީހަކާއި ކައިވެނިކޮށްގެން އުޅޭ ހަނިމާދޫ އަންހެނަކާއި ދަރިފުޅެވެ. އެ ފިރިހެން މީހާ ވަނީ ކޯވިޑަށް ނެގެޓިވް ވެފަ އެވެ.

އެ ދެމައިންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ހަނިމާދޫގައި ވަނީ ފަށާފަ އެވެ. އެ ތިން މީހުން މަތިވެރިން ހަނިމާދޫއަށް ދަތުރު ކުރީ މަތިވެރި މޮޓަރިންއަށް ލުމުގެ ކުރިންނެވެ.

މަތިވެރިން އިއްޔެގެ ނިޔަލަށް 10 މީހުން ޕޮސިޓިވްވެފައިވެ އެވެ. މިވަގުތު އަތޮޅު ތެރޭގެ 20 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް