ކޯވިޑް-19 އަށް އިތުރު 164 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 67 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 68 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 24 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން ދެމީހުންނާއި ތަރައްގީ ކުރަމުންދާ ރަށްތަކުން ތިން މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،000 ސާމްޕަލެވެ.
މިވަގުތު 2،939 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 90 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 130 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،065 އަށް އަރާފައި އެވެ.
ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 71 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 27،084 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް