މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 18 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ވިނަރެސް، އުމުރުން 18 އަހަރުގެ އާދަމް ވިޝާން، އާއި ހދ. ވައިކަރަދޫ، މިލާފަރު، އުމުރުން 23 އަހަރުގެ އަލީ ރަޝީދު، އެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ހާދިސާ ހިނގިރެ އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށްއިތުރު10 ދުވަސް ބަންދަށް އިތުރު ކޮށްދީފަ އެވެ.
މި ދެ ފިރިހެނުންނަކީ މާލޭގައި އެއް ގެއެއްގައި އުޅޭ ދެމީހުން ކަމަށްވެ އެވެ. މިއަދު އޮތް މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ އެ ދެމީހުން އަންހެން މީހާއަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައިވާ ކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ލެމަން ގްރާސް ހުންނަ މަގުގަ އެވެ.
އެރޭ އެ އަންހެން މީހާ ގަދަކަމުން ދަމަމުން ގެންގޮސް ގޯޅިގަނޑަކަށް ވައްދާ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ގަދަކަމުން ގެންގޮސް ގޯޅިގަނޑަށް ވަންނަން އުޅެނިކޮށް އެންހެން މީހާ ގަދަަ ހަދާލާވަގުތު އޭނާ ގޮސް ބިންމައްޗަށް ވެއްޓޭ ތަނެވެ.
އަންހެން މީހާ ވެއްޓި ޖެހެނީ އެވަގުތު އެތަނުގައި މަޑުކޮށްގެން ތިބި އެހެން ދެމީހުންގެ ފައިބުޑަށް ކަމަށްވިޔަސް އެމީހުން އަންހެން މީހާއަށް އެހީތެރިވެ ސަލާމަތްކޮށްދޭން މަސައްކަތް ކޮށްފައި ނުވާއިރު ގަދަކަމުން ރޭޕް ކުރަން އުޅުނު ދެ ފިރިހެނުން އަންހެން މީހާ ބިންމަތީގައި އިންދަ ނަގައިގެން ގޯޅި ގަނޑަށް ވައްދަނީ ހަތަރެސްފައިގަ ހިފައި އުފުއްލާލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް