ދިއްދޫއާ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ހއ. ދިއްދޫއާ ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ. ފިނޭ،ންސް މިނިސްޓްރީން ކޮށްފައިވާ އިއުލ...

22 Apr 2021 | 15:50

ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ހއ. ދިއްދޫއާ ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭ،ންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ރަށްރަށުގައި ޖޫނިއާ ކޮލެޖު އަޅަން ޖެހެނީ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި ކޮލެޖައި އެކު އެކޮމޮޑޭޝަން ބްލޮކެއްވެސް އަޅަން ޖެހެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24 ގެ މެންދުރު ފަހު 2:00 ގެ ކުރިން އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަން ޖެހެ އެވެ. އެ އަށް ފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓު ލިސްޓުކުރާ ބަޔަކަށް ކަމަށް ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ހައި ސްކޫލް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ތަންތަން ހިންގަން ނިންމާފައިވަނީ އުމުރުން 16-21 އަހަރާ ދެމެދުގެ ކުދިންނަށް ދެ އަހަރުގެ ތެރޭގައި ތައުލީމާއި ތަމްރީނުގެ ކޯސްތައް ފުރިހަމަކުރެވޭ ގޮތަށެވެ.

ޖޫނިއާ ކޮލެޖުގެ ސަބަބުން އެ އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމުގެ އުނގެނުމަށް މަގުފަހިވާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް