މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެނަކު ރޭޕް ކުރި މައްސަލަ އާއި ގުޅުން ހުރި ވީޑިއޯއެއް އާންމު ވެއްޖެއެވެ.
އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު އަންހެނެއްގެ އަތުގައި ހިފައިގެން ގަދަކަމުން ގެންދާ ތަނެވެ. އަދި ވަކި ހިސާބަކުން ގޯޅި ގަނޑަކާ އަރާހަމަވި ތަނުން، އަންހެން މީހާ ގަދަދައްކައި އަތް ފޮޅާލައި ސަލާމާތް ވާން އުޅުމުގެ ތެރޭގައި އެތާ ކައިރީގައި ތިބޭ ދެ މީހެއްގެ ފައިބުޑަށް ވެއްޓެ އެވެ. ނަމަވެސް އެތަނުން އެކަކުވެސް އެކަމަށް އަޅާނުލާ ތިބި މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އަދި އެ އަންހެން މީހާ ގަދަކަމުން ގެންދިޔަ ދެ ފިރިހެނުން އެވަގުތު އަންހެން މީހާ އުފުލާލައިގެން ގޯޅިގަނޑަށް ވައްދައެވެ. އޭރުވެސް އަންހެން މީހާ ދިޔައީ ގަދަ ހަދައި އެހީއަށް އެދި ވަރަށް ބާރަށް ހަޅޭއްލަވަމުންނެވެ. އެކަމަކު އެ މަގުގެ އެކި ސަރަހައްދުގައި ތިބި އެއްވެސް މީހަކު ސަމާލުކަންދީ އަޅާލާފައެއް ނުވެ އެވެ.
ވީޑިއޯ އާއްމުކޮށްފައިވާ ފަރާތުން ބުނެފައި ވަނީ، މިއީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއް، މާލޭ މަގުމަތިން ހިފަހައްޓައި، ހަތަރެސްފައިގަ ހިފާ އުފުރާލައިގެން ގަދަކަމުން، މާފަންނު ލެމަން ގްރާސް ކުރިމަތީ ގެއަކަށް ވައްދައި ރޭޕް ކޮށްފައި ވާ ކަމަށެވެ.
https://twitter.com/MoosaRasheed_/status/1385149924380012544
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ އަންހެން މީހާ ސަލާމަތް ކުރަން އެ ގޯޅިގަނޑަށް ވަނީ އެ މަގުގައި ހުރި އީދު މިސްކިތުން ނަމާދުކޮށް ނިމިގެން އެގަޑީގައި ފޭބި މީހުންގެ ތެރެއިން ބައެކެވެ. އެމީހުން އެ ކުއްޖާ ސަލާމަތް ކުރަން ގޯޅިގަނޑަށް ވަތް އިރުވެސް އެ އަންހެން މީހާ ހަޅޭއް ލަވާ އަޑު އިވޭ ކަމަށްވެ އެވެ.
އަދި އެމީހުން ވާނުވާ ބަލަން ގޯޅިގަނޑަށް ވަތްތާ ދެތިން މިނެޓެއްގެ ތެރޭގައި އެތާ ހުރި ގެއަކުން އެ ދެ ފިރިހެނުންނާއި އަންހެން މީހާ ނުކުތް ކަމަށްވެ އެވެ.
ރޭޕްގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަރަހައްދުން އުމުރުން 18 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މި ވީޑިއޯ އިން ފެންނަ ދެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް