މި ހަފްތާގައި ކޯވިޑް ކޭސްތައް އިތުރު، އިންތިހަބާއި ގުޅުވޭކަށް އަދިނެތް!

މި ހަފްތާގައި ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިތުރު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ރާއްޖޭގައި ކޯވިޑް ކޭސްތައް ގުނާނީ ކޮންމެ ހަފްތާއެއްގެ އަންގާރ...

22 Apr 2021 | 11:14

މި ހަފްތާގައި ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އިތުރު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް ގުނާނީ ކޮންމެ ހަފްތާއެއްގެ އަންގާރައިން އަނެއް ހަފްތާގެ އަންގާރަ އަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ މި ނިމިގެންދާ ހަފްތާގައި ކޯވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުން ދާން ފަށާފައިވާ ކަމަށެވެ. އެކަމަކު އިތުރުވަމުން ދަނީ އިންތިހަބާއި ގުޅިގެން ދިން ލުއިތަކާއި ހެދި ކަމަށް އަދި ބުނެވެން ނެތް ކަމަށެވެ.

ނާސިރު ވިދާޅުވީ ކޭސްތައް އިތުރުވަމުންދާ ސަބަބު ދެނެގަންނަމުންދާ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އަތޮޅު ތެރެއަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އިންތިހާބާއި ދިމާކޮށް ބޮޑެތި ލުއިތަކެއް ދިނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކޯވިޑް ކޭސްތައް މިހާރު އިތުރުވެފައިވަނީ އޭރު ދިން ލުއިތަކައި ހެދި ކަމަށް ބުނަމުންނެވެ.

އަދި އިންތިހާބުގެ ފަހުން މި ހަފްތާގެ ކުރީ ކޮޅާއި ޖެހެންދެން މަދު ޕީސީއާރު ޓެސްޓުތަކެއް ހަދައި ކޭސްތައް މަދު ކަމަށް ދެއްކީ އޮޅުވާލުމުގެ ގޮތުން ކަމަށް ބައެއް މީހުން ބުންޏެވެ. މިކަމާއި ގުޅިގެން އެޗްޕީއެއިން ބުނީ މިދިޔަ ހަފްތާގައި ޕީސީއާރު ޓެސްޓު މަދުން ހަދާފައިވަނީ މާލެ ސަރަހައްދުގެ މެޝިންތަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

އެކަމަކު މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރަށް ބަލާއިރ ރާއްޖެއިން 253 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް