ރަށްރަށަށް ދިއުމަށް ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ

އަތޮޅު ތެރެއަށް ދިއުމަށް މާލެ ސަރަހައްދުގެ ހުރިހާ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗްއީއޯސީ ...

22 Apr 2021 | 08:58

އަތޮޅު ތެރެއަށް ދިއުމަށް މާލެ ސަރަހައްދުގެ ހުރިހާ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ވެކްސިން ކްލަސްޓާ ޓީމުން ފާތިމަތު އަނާ ވިދާޅުވީ ފްލޫ ކްލިނިކްތަކަކީ މިހާރު ވެސް ރިލީޒް ސާމްޕަލަށް ޕީސީއާރް ޓެސްޓް ހަދައިދޭ ތަންތަން ކަމަށާއި އެކަމަކު މިހާރު ދަތުރުކުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު ވެސް ހަދައިދޭނެ ކަމަށެވެ.

އަނާ އިތުރަށް ވިދާޅުވީ އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވަނީ 120 ރަށެއްގައި ކަމަށާއި ދެ ވަނަ ޑޯޒު އާބާދީގެ 60 ޕަސެންޓަށް ދެވިފައިވާ އެއްވެސް ރަށެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ.

އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އުސޫލުގައި ބުނެފައިވާ ގޮތުން، އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މާލޭގެ އިތުރުން ހަ ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް މި ވަގުތު ހުރީ ފަސް ޕަސެންޓުން މަތީގަ އެވެ.

މިހާތަނަށް 26،920 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު މިވަގުތު 2،905 މީހުން ބައްޔަށް ފަރުވާ ހޯދަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް