ކޯވިޑް ވެކްސިންގެ ދެ ވައްތަރު ދެ ޑޯޒު ޖެހުނު މީހާއަށް ގެއްލުމެއް ނުވާނެ

ކޯވިޑް-19 ވެކްސިންގެ ދެ ވައްތަރު ދެ ޑޯޒު ޖެހުނު މީހާއަށް ސިއްހީ މައްސަލައެއް ދިމާވާނެ ކަމަށް ނުބެލެވޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. އެމީހާ ސިނޮފާމްގެ ފު...

22 Apr 2021 | 08:45

ކޯވިޑް-19 ވެކްސިންގެ ދެ ވައްތަރު ދެ ޑޯޒު ޖެހުނު މީހާއަށް ސިއްހީ މައްސަލައެއް ދިމާވާނެ ކަމަށް ނުބެލެވޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެމީހާ ސިނޮފާމްގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ހަތަރު ހަފްތާ ވުމުން އިއްޔެ ސިނޮފާމްގެ ދެވަނަ ޑޯޒު ޖަހަން ދިއުމުން ޖަހައިދީފައިވަނީ ކޮވިޝީލްޑް ވެކްސިން ޑޯޒެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދެ ވައްތަރުގެ ދެ ޑޯޒު ޖެހުނު މީހާގެ ސިއްހީ ހާލަތަށް ބަދަލެއް އާދޭތޯ ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދެ ވައްތަރުގެ ވެކްސިންގެ ދެ ޑޯޒު ޖެހިގެން އެއްވެސް ގެއްލުމެއްް ވެފައިނުވާ ކަމަށެވެ.

ނާސިރު ވިދާޅުވީ އެއީ ދިމާވި މައްސަލައެއް ކަމަށާއި އެކަން ޑަބްލިއުއެޗްއޯއާވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި އެޗްޕީއޭއިން އަމަލު ކުރަމުންދާނީ އެ ޖަމިއްޔާގެ ލަފާ އާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެފަދަ މައްސަލައެއް ދެވަނަ ފަހަރު ދިމާނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމީހާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ ހުޅުމާލޭ ވެކްސިން ސެންޓަރުންނެވެ. އަދި ދެ ވަނަ ޑޯޒު ޖަހަން ދިއުމުން ކޮވިޝީލްޑް ވެކްސިން ޑޯޒެއް ޖަހައިދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ތިން ވޭކްސިން ޖަހައިދެމުންދެ އެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސޮނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް