ވޭދުވެދިޔަ ދެތިން އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ހުރިހާ ބާޒާރެއް ފަތަހަ ކުރި ތ. ކަނޑޫދޫ މިރުސް އެންމެ ފަހުން ބާޒާރުން ގެއްލިއްޖެ އެވެ.
މިއަދު ބާޒާރުގައި މިރުސް ވިއްކާ ގޮޅިތަކުން ފެންނަނީ މުޅިން ހެން ލ. އަތޮޅު މިރުހާއި އއ. ތޮއްޑޫ މިރުހެވެ. މި އަތޮޅުތަކުގެ މިރުހުގެ ސައިޒާއި މިރުސް ދޮންވެ ފައްކާވެފައި ހުރި ބަލައިރު ކަނޑޫދޫ މިރުހަކާއި މާބޮޑު ތަފާތެއް ނެތެވެ.
މިރުސް ވިއްކާ ގޮޅިތަކުން މައުލޫމާތު އެއްކޮށްލުމުން އެނގުނު ގޮތުގައި ތޮއްޑޫ މިރުހާއި ލ. އަތޮޅު މިރުގެ ތެރެއިން އެންމެ ހިނގަނީ ލ. އަތޮޅު މިރުސް ކަމެވެ. އެގޮތުން ލ. އަތޮޅު މިރުގެ100 ގްރާމް20 ރުފިޔާއަސް ލިބޭއިރު ކިލޯއެއް އުޅެނީ175-200 ރުފިޔާ އާއި ދެމެދުގަ އެވެ.
މިއަހަރުގެ ރޯދަ މަސް ފެށެން ކައިރިވެގެން އައި އިރު ގިނަ ބަޔަކު ހީކުރީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބާޒާރުން ލިބެން ހުންނާނީ އަގ ުބޮޑުކޮށް ކަނޑޫދޫ މިރުސް އެކަނި ކަމަށެވެ. އެކަމަކު ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކަނޑޫދޫ މިރުސް ބާޒާރުން ފެނުނު ނަމަވެސް އަގު ދަށްވަމުން ގޮސް މިހާރު ބާޒާރުން އެ ރަށު މިރުސް އެއްކޮށް ވަނީ ހުސްވެފައި އެވެ.
ކަނޑޫދޫ މިރުހަށް މިވީގޮތުން މާގިނަ ބަޔަކު ހައިރާނެތް ނުވެ އެވެ. އެއީ ދަނޑުވެރިކަމުގައި އާންމުކޮށް ކަން ވާގޮތެވެ.
އެ ރަށު ދަނޑުވެރިން ހައްދަން ފެށި މިރުހުގެ އަގު ވެއްޓުނީ މުޑުވައް އެހެން ތަންތަނުގައި ހައްދައިގެން ވިއްކަން ފެށުމެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވުނީ އަވައްޓެރި ސްރީލަންކާއަށް ކަނޑުދޫ މިރުގެ މުޑުވަށް ގެންގޮސްގެން އެގައުމުގެ ބޮޑު ކުންފުންޏަކުން މިރުސް ހައްދައިގެން ގެނެސް ރާއްޖޭ ބާޒާރުގައި ވިއްކުމެވެ.
މިއާއި އެކު އަސްލު ކަނޑޫދޫ މިރުގެ އަގު ވެއްޓި ދިވެހި ދަނޑުވެރިންނަށް ވަނީ ގެއްލުމާއި ކުރިމަތިވެފައި އެވެ. ދިވެހިންތަކާއި ގުޅިގެން ލަންކާ ކުންފުނިން ރާއްޖެއަށް ކޮންމެ ދުވަހަކު މިރުސް އެތެރެ ކުރަނީ ވައިގެ މަގުން ކަމަށްވެ އެވެ.
ލ. އަތޮޅުގައި ހައްދައިގެން މާލެ ގެނެސް ބާޒާރުގައި ވިއްކަމުން ދަނީވެސް ކަނޑޫދޫ މިރުހުގެ މުޑުވަކެކެވެ.
މިދިޔަ އަހަރުތަކުގައި ކަނޑޫދޫ މިރުގެ ކިލޯއެއްގެ އަގު2،500 އަށްވެސް އެރި އެވެ. އެކަމަކު މިހާރު ކިލޯއެގްގެ އަގު އުޅެނީ އެހެން ތަންތަނުގައި ހައްދާ މިރުހެކޭ އެއްވަރެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް