ޒިކުރާ މިސްކިތް ހުރި ބިމުގަ އަޅާ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފަށަނީ

ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފެށޭވަރު ވާނެ ކަމަށް އިސްލާމިކް މިނިސޓްރީން ބުނެފި އެވެ. 2015 ވަނަ އަހަރު ކުރީގެ ޒިކުރާ މިސްކިތް ތަޅާލީ މިސްކިިތް ހިމ...

22 Apr 2021 | 06:41

ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފެށޭވަރު ވާނެ ކަމަށް އިސްލާމިކް މިނިސޓްރީން ބުނެފި އެވެ.

2015 ވަނަ އަހަރު ކުރީގެ ޒިކުރާ މިސްކިތް ތަޅާލީ މިސްކިިތް ހިމެނޭ ގޮތަށް10 ބުރީގެ އިމާރާތެއް އަޅާށެވެ. އެސްޖއޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރި އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއްބަސްވުން ބާތިލް ކޮށްފައި އެވެ.

އެ ބިމުގައި މިސްކިތް ނޭޅި ދިގުލައި ދަނިކޮށް މިދިޔަ މަހުގެ31 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އެ ތަނުގައި ރޯދަމަހަށް ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ރޯދަ މަސް ފެށުނު އިރުވެސް އެތަނުގެ މަސައްކަތް ފެށިފަ ނުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ވަރަށް އަވަހަށް އެ ތަނުގައި މިސްކިތް އަޅައި ނަމާދު ކުރަން ފެށޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށެވެ. އަދި މިހާރު އެތަނުގެ ތަޅުން އަޅައި ހިޔާކޮށް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ އެތަނުގައި މިސްކިތް އެޅުމުގެ މަސައްކަތް ކުރިޔަށް ދާގޮތް ބައްލަވާލެއްވުމަށް ވަޑައިގެންފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ހުކުރު ދުވަހު އެ މިސްކިތުގައި ނަމާދު ކުރަން ފެށޭވަރު ވާނެ ކަމަށެވެ.

https://twitter.com/MVIaffairs/status/1384871602572173312

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް